ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/164
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 05 ނޮވެންބަރު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މުސާރަ:

  1. 4122.00 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ބާވީސް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  3. އެވްރެޖްކޮށް 70 ޕޮއިންޓަށްވުރެ އިތުރަށް ބަހާ ޕޮއިންޓަށް ކަނޑައެޅިފައިވާގޮތުގެ މަތިން އިތުރު ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  1. 1860.00 ރުފިޔާ (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  2. އަމިއްލަ ސައިކަލުގައި މެއިލް ބެހުމުގެ މަސައްކަތް ކުރާނަމަ، ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

 

 

މަޤާމުގެ ޝަރުޠު:

  • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުމާއެކު، ކުރާ އިންޓަވިއުއިން ފާސްވުން. ނުވަތަ؛
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔަން ކިޔަން ފަރިތަކޮށް އެނގުމާއެކު، ކުރާ އިންޓަވިއުއިން ފާސްވުން.
  • މާލޭގެ ގެތަކާއި/އެޑްރެސްތަކާއި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު  ދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާމީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން.
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
  • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލް ބެހޭފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭފަދަ ޤާބިލް ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރުން)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ވަޒީފާގައި މިހާރު އުޅޭ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ޖެހޭނެއެވެ.) 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފްލޯރގައިވާ މި އޮފީހުގެ ހިއުމަން ރިސޯރސަސް ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

 

 

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠާއި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273 ފެކްސް: 3321559

  16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015