ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/166
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 08 ނޮވެންބަރު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެކައުންޓެންޓް

ބޭނުންވާ އަދަދު :

1 (އެކެއް)

 

މުސާރަ:

  1. 10,500.00 ރުފިޔާ (ދިހަހާސް ފަސްސަތޭކަ ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

4500.00 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

 

މަޤާމުގެ ޝަރުޠު:

  • އޭ. ސީ. ސީ. އޭ. ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޤުލާން ނަންބަރު ބަޔާންކުރުން)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ.
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

މި މަޤާމަށް  ޝައުޤުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި، ވަނަވަރާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 8 ވާ  އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައިވާ މި އޮފީހުގެ އެޗް. އާރު. ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

 

 

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠާއި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273،3009274

ފެކްސް: 3321559

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015