ބީލަން
ނަންބަރު: GS-14/IUL/2025/19
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި:
29 އޮކްޓޫބަރު 2025 11:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް ކުލާސް ރޫމްތަކުގައި ހަރުކުރުމަށް ބޭނުންވާ ދޮރު ފޯރުކޮއްދިނުން
މިމަރުކަޒުގެ ބައެއް ކުލާސް ރޫމްތަކުގައި ހަރުކުރުމަށް ބޭނުންވާ ދޮރު ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- މައުލޫމާތު ކަރުދާހުގައިވާ ގޮތައް 4 އެލްމެނިއަމް ބޮޑުދޮރު ފޯރުކޮއްދިނުން
2- މައުލޫމާތު ކަރުދާހުގައިވާ ގޮތައް 8 އެލްމެނިއަމް ކުޑަދޮރު ފޯރުކޮއްދިނުން
- ރަޖިސްޓްރީވުން: 2025 އޮކްޓޯބަރ 26 ވާ (އާދިއްތަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ދިނުން: ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅަންވާނީ ލިޔުމުން [email protected] އީމެއިލްއަށެވެ. މި ބީލަމާއި ގުޅޭ ޓެކްނިކަލް މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އަޙްމަދު މިހާދު، 7825939 އަށެވެ. ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ސުންގަޑި އަކީ 28 އޮކްޓޯބަރ 2025 ގެ 14:00 ގެ ކުރިންނެވެ.
- އަންދާސީ ހިސާބު ހުށަހެޅުން: 2025 އޮކްޓޯބަރ 29 ވާ (ބުދަ) ދުވަހު 11:00 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުންފުނި/ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް މިމަރުކަޒުގެ އިދާރާއިން ލިބޭނެއެވެ. އަދި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640095 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.
21 އޮކްޓޫބަރު 2025