ބީލަން
ނަންބަރު: (IUL)226-H/226/2025/29
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 28 އޮކްޓޫބަރު 2025 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު 28-2025 އިއުލާނުގައި މައްސަލަތަކެއް ފާހަގަވެފައިވާތީ އެ އިއުލާން ބާތިލުކޮށް، ހދ އަތޮޅަށް ހުޅުވާލައިގެން މިއަހަރު ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

27 އޮކްޓޯބަރު 2025 – ހޯމަ

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

25 އޮކްޓޯބަރު 2025 – ހޮނިހިރު

11:00

ބީލަންތައް ހުޅުވުން

28 އޮކްޓޯބަރު 2025 - އަންގާރަ

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކޮށްގެން ހދ އަތޮޅުގައި ކުޅިވަރުކުރިއެވުމަށް ހަރަކާތްތެރިވާ ކްލަބް އަދި ޖަމިއްޔާތަކަށާއި ހދ އަތޮޅުގެ ސިޓީ އަދި ރަށު ކައުންސިލްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. މައުލޫމާތު ސާފު ކުރުމާއި ބީލަން ހުޅުވުން އޮންނާނީ ހދ އަތޮޅު ކައުންސިލްގައެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

21 އޮކްޓޫބަރު 2025