މަސައްކަތް
ނަންބަރު: MWSC-61/ADV/2015/157
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 02 ނޮވެންބަރު 2015 15:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލްސް ގެނެސްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވެހިކަލްސް ގެނެސްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/143 އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވެހިކަލްސް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ދުވަހުގެ 03:00 އަށް ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހެޅުން އޮންނާނީ 05 ނޮވެންބަރު 2015 ދުވަހުގެ 03:00 ގައި ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

29 އޮކްޓޫބަރު 2015