މަސައްކަތް
ނަންބަރު: (IUL)457-AIT/1/2015/24
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 02 ނޮވެންބަރު 2015 13:00
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
ސްޕީޑް ލޯންޗް ދަތުރު ކުރުމަށް

ސްޕީޑް ލޯންޗް ދަތުރު ކުރުމަށް ބޭނުންވެއްޖެ

ސްޕީޑް ލޯންޗް ދަތުރުތަކެއް ކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު. IUL)457-AIT/1/2015/20)ފ(13 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިދަތުރުތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 2 ވަނަ ދުވަހުގެ 13:00 އަށް މި ބިއުރޯއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 4 ވަނަ ދުވަހުގެ 13:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯނު ނަންބަރު 3349397 އަށް ގުޅުއްވުން އެދެމެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015