ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2025/69
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 26 އޮކްޓޫބަރު 2025 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ އިރުމަތިފަރާތް ސާފުކުރުމަށް

ދ.ކުޑަހުވަދޫ ސްޕޯރޓްސް އެރީނާގެ ހުޅަނގުކޮޅު ވޮލީކޯޓުން ފެށިގެން އިރުމަތީ ފަރާތުގައި ހަދަމުންދާ ވޮލީކޯޓާ ހަމައިންފެންސްޖަހާފައިވާ ކޯޓްތަކާހަމަޔަށް އެސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަހާއި އަދި ބަހައްޓާފައިވާ އެއްވެސް އެއްޗެއް ވާނަމަ 26 އޮކްޓޫބަރ2025 ވާއާދިއްތަދުވަހުގެއިރުއޮއްސުމުގެކުރިން އެތަކެތިނަގާ ނިންމުމަށް އަންގަމެވެ. މި މުއްދަތުގެ ފަހުން އެސަރަހައްދު ސާފްކުރަމުންދާއިރު އެސަރަހައްދުގައި ހުރިތަކެތި ނަގާ ނައްތާލެވޭނެވަހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ސްޕޯޓްސް އެރީނާއަށް ކަޑައެޅިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތަކުން ތަކެތި ބެހެއްޓުމާއި ރުއްގަސް އިންދުމަކި މަނާކަމެއްކަމުގައި ތަކުރާރުކޮށް އިއުލާންކޮށްފައި ވާނެކަމުގައި ދަންނަވަމެވެ.މިހާރަކަށް އައިސް ރަށުގެ ހުސްބިންތަކުގައި މިއިދާރާގެ ހުއްދަނެތި ތަކެތި ބެހެއްޓުމާއި، ގަސްއިންދާ ހަދަމުންދާކަމުގެ މައުލޫމާތު ވަނީ މިއިދާރާއަށް ލިބިފައެވެ. 

ވީމާ އިސްވެ ދެންނެވުނު މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ހަމަޖެހިފައިވާ އުސޫލުން އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ. 

28 ރަބީޢުލްއާޚިރު 1447 

19 އޮކްޓުބަރ 2025     

19 އޮކްޓޫބަރު 2025