މަސައްކަތް
ނަންބަރު: TCL/PROC-TA/2015/028
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 05 ނޮވެންބަރު 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެޑިކަލް ފެސިލިޓީސް ފޯރުކޮށްދޭނޭ ކްލިނިކެއް ޤާއިމުކުރުމަށް

ކ. ތިލަފުށީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މެޑިކަލް ފެސިލިޓީސް ފޯރުކޮށްދޭނޭ ކްލިނިކެއް ޤާއިމުކުރުމަށް މިކޯޕަރޭޝަނުން ވަނީ ކަނޑަޅާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ، ކ. ތިލަފުށްޓަކީ ޞިނާޢީ ރަށަކަށްވެފައި އެ ރަށުގައި ގިނަ އަދަދަކަށް ދިވެހިންނާއި ބޭރުމީހުން މަސައްކަތްކުރަމުންދާއިރު އެފަރާތްތަކަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ފޯރުކޮށްދިނުމެވެ. އަދި އެކި ބޭނުންތަކަށް ތިލަފުށްޓަށް ގޮސް އައިސްވާ ދަތުރުވެރިންނަށްވެސް ދިމާވެދާނެ އިމަރޖެންސީ ފަރުވާއަކަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ވީމާ، ކ.ތިލަފުށީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ މެޑިކަލް ކްލިނިކް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

04 ދުވަސް (ރަސްމީ)

01 ނޮވެންބަރު 2015 އިން 05 ނޮވެންބަރު 2015 އަށް

10:00 އިން 15:00އަށް

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

12 ނޮވެންބަރު 2015

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

18 ނޮވެންބަރު 2015

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ މަޢުލޫމާތު ކަރުދާސް ނަގާފައިވާ ފަރާތްތަކަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015