ދިވެހިރާއްޖެ
2026 ވަނަ އަހަރަށް މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ
01 އަހަރު ދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2026 ން 31 ޑިސެމްބަރ 2026 ) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސްކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި ސްކޫލްއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބިޑް ރަޖިސްޓްރީކުރުމާއި ނަންނޯޓްކުރުން |
ނ. މާޅެންދޫ ސްކޫލް |
27 އޮކްޓޯބަރ 2025 |
ހޯމަ |
10:15 |
މައުލޫމާތުދިނުމުގެ ސެޝަން |
ނ. މާޅެންދޫ ސްކޫލް |
27 އޮކްޓޯބަރ 2025 |
ހޯމަ |
13:15 |
ބިޑް ހުށައެޅުން |
ނ. މާޅެންދޫ ސްކޫލް |
09 ނޮވެންބަރ 2025 |
އާދިއްތަ |
10:30 |
1- ނަންނޯޓް ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.
- ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
- މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
- އައި.ޑީ.ކާޑު ނަންބަރ
- ގުޅޭނެ ފޯން / މޮބައިލް ނަންބަރު
- މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް
2- ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.
- މަސައްކަތުގެ އަގަށް 80 ޕޮއިންޓް
- ތަޖުރިބާއަށް 10 ޕޮއިންޓް ( ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 2 ޕޮއިންޓް. ގިނަވެގެން 5 އަހަރަށް ) މިބަޔަށް ޕޮއިންޓް ދެވޭނީ އެކަން އެގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވާފައިވާނަމަ.
- ތަމްރީން ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް 10 ޕޮއިންޓް ( 5 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް ) މިބަޔަށް ޕޮއިންޓް ދެވޭނީ އެކަން އެގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވާފައިވާނަމަ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 6560575 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.