ބީލަން
ނަންބަރު: (IUL)260-CA/260/2025/145
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 25 އޮކްޓޫބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ އިޢުލާން ނަންބަރު (IUL)260-CA/260/2025/137 (05 އޮކްޓޯބަރ 2025)އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުވެފައިވާތީ، 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ހދ.ނައިވާދޫ އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީކުރުން

އަންދާސީހިސާބު ހަށަހެޅުން

19.10.2025 ން  25.10.2025ގެ 10:00 ށް

26.10.2025 ގެ 11:00 ގައި

އޮންލައިން ފޯމު މެދުވެރިކޮށް

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

  • ބިޑް ރެޖިސްޓްރީކުރާ ފޯމް: https://forms.office.com/r/6SbtcNqhzk
  • ހދ. ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދު  ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.

 އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދު  ކުނިކަހައި ސާފުކޮށް ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

19 އޮކްޓޫބަރު 2025