ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)231-AH/231/2025/49
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 28 އޮކްޓޫބަރު 2025 12:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ

ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް އައި.ޓީ އިކްއިޕްމަންޓް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބީލަމާއި ގުޅުންހުރި މުޙިއްމު މަޢުލޫމާތު އަދި ސްޕެސިފިކޭޝަން މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

  • މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 28 އޮކްޓޯބަރ 2025 ގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ފޯމްގެ ލިންކު: https://forms.office.com/r/WedCZ06WBi
  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަމާއި، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ކައުންސިލްގެ ނަންބަރަށް (6620102 / 7288813 / 7610168) ގުޅުއްވައިގެން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

‏27‏ ރަބީޢުލްއާޚިރު‏ 1447

‏19‏ އޮކްޓޯބަރ‏ 2025

19 އޮކްޓޫބަރު 2025