ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ޑެސްކް ކަލަންޑަރު ޗާޕުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގރޫމް
އަންދާސީހިސާބު ބަލައިގަތުން
ތާރީޚު: 08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 2:00
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގރޫމް
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލުންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
13 މުޙައްރަމް 1437