ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2025/44
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:18
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންގެ ދޫކުރުމުގެ ޚިދުމަތް ފެށުމާއިގުޅޭ

ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު، އެއްގަމު ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިކައުންސިލުން ފަށާފައިވާ ވާހަކަ ދަންނަވަމެވެ. މިވަގުތު ހުއްދަ ލިބިފައިވަނީ ހަމައެކަނި ސައިކަލް ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމަށެވެ.

 ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ޙަފްތާއެއްގެ ބުދަ ދުވަހުގެ ހެނދުނު 10:30 ފެށިގެންނެވެ. ތިއަރީ ޓެސްޓް ހަދާ ދުވަހު، ޖުމްލަ ފަސް ބައިވެރިންނަށް ޓެސްޓް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ޕްރެކްޓިކަލް ޓެސްޓް ނުވަތަ ދުއްވުމުގެ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ޙަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:30 ފެށިގެންނެވެ. ދުއްވުމުގެ ޓެސްޓް ހަދާ ދުވަހުވެސް، ޖުމްލަ ފަސް ބައިވެރިންނަށް ޓެސްޓް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. ތިއަރީ އާއި ދުއްވުމުގެ ޓެސްޓްހެދުމުގެ ފުރުޞަތުދޭނީ ޙާޟިރުވާ ތަރުތީބުންނެވެ.

ޚިދުމަތުގެ ފީ:    -  ތިއަރީ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.

           -  ޕްރެކްޓިކަލް ޓެސްޓް، ނުވަތަ ދުއްވުމުގެ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.

ޚިދުމަތަށް އެދޭނީ އީފާސްމެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލުންނެވެ. ސިމްސް ޕޯޓަލްގެ ލިންކެ ތިރީގައި އެވަނީއެވެ. ޙަފްތާގެ ކޮންމެ ދުވަހަކުވެސް ޚިދުމަތަށް އެދި ފޯމް ފުރިހަމަކުރެވޭނެއެވެ.

 https://sims.transport.gov.mv/login 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 އޮކްޓޫބަރު 2025