ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ރާވެރިޔާ ވޮލީ މުބާރާތް 2025" ގައި ބައިވެރިވުމަށް އަދިވެސް ޓީމްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީވެ، މުބާރާތުގައި ޓީމް ރަޖިސްޓްރީކޮށް ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު 19 އޮކްޓޯބަރ 2025 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ އެންމެހާ ރަށްތަކުގެ މައޫލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ޓީމްތަކުން 19 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގައި ހުރިހާ ލިޔެކިޔުންތަކާއި އެކު ފުރިހަމަ ޓީމް ލިސްޓް ހުށަހެޅުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން ދެން އެއްވެސް ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް އެންމެހާ ރަށްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު (ފޯން: 9114482) އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.