ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކެނދިކޮޅު އަވަށު ގެސްޓްހައުސް މަރާމާތުކުރުމާއި ހިންގުމާބެހޭ
ކެނދިކުޅުދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކެނދިކޮޅު އަވަށު ގެސްޓްހައުސްގައި ނުނިމިހުރި މަސައްކަތްތައް ނިންމުމާއި އެއިމާރާތް ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް މިކައުންސިލުން ކުރެވުނު އިޢުލާން ނަންބަރު 286/2015/56/MS އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުޝީޓުގައި އެކަށީގެންވާ ވަރަށް މަޢުލޫމާތު ދެވިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 ގައި ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޝުކުރިއްޔާ
07 މުޙައްރަމް 1437