މަސައްކަތް
ނަންބަރު: (IUL)326/PRIV/2025/43
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 30 އޮކްޓޫބަރު 2025 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން އަންގާގޮތެއްގެ މަތީން، ޅ.ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ބާސްކެޓްބޯޅަ ކޯޓް ގެ ރިންގް ، ބެކްބޯޑް އަދި ރިންގް ސަޕޯޓް ހަދައި ހަރުކޮށްދިނުމާއި ، ޅ.ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ޖިމްގެ ޖާގަ ބޮޑުކޮށް މަރާމާތު ކުރާނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޅ.ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ބާސްކެޓްބޯޅަ ކޯޓް ގެ ރިންގް ، ބެކްބޯޑް އަދި ރިންގް ސަޕޯޓް ހަދައި ހަރުކޮށްދިނުމާއި، ޅ.ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ޖިމްގެ ޖާގަ ބޮޑުކޮށް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމް ވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

 

 

16 އޮކްޓޫބަރު 2025