ބީލަން
ނަންބަރު: (IUL)332-ADHR/332/2025/135
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 26 އޮކްޓޫބަރު 2025 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ ކުނީގެ ކަންކަން، ދިއްފުށީ ވޭސްޓް މެނޭޖުމެންޓް ސެންޓަރުގައި މެނޭޖުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

  1. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށްކ. ދިއްފުށީ ކުނީގެ ކަންކަން، ދިއްފުށީ ވޭސްޓް މެނޭޖުމެންޓް ސެންޓަރުގައި މެނޭޖުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 19 އޮކްޓޯބަރ 2025 ން 26 އޮކްޓޯބަރ 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ.
  4. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 19 އޮކްޓޯބަރ 2025 އިންފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 އޮކްޓޯބަރ 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 12:15 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

16 އޮކްޓޫބަރު 2025