ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2025/44
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 27 އޮކްޓޫބަރު 2025 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ ޕަރފޯމަންސް އިވެލުއޭޝަން

މަޤާމު

ލީގަލް އޮފިސަރ ޕަރފޯމަންސް އިވެލުއޭޝަން

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ރޭންކް

އެމް.އެސް 2

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ޖުޑީޝަލް ހިއުމަން ރިސޯސަސް އެންޑް ޖުޑީޝަލް ސަރވިސަސް

އަސާސީ މުސާރަ

-/8,773 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %65): 5,702/45 ރުފިޔާ

-  ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) 150/- ރުފިޔާ

-  އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުތު

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދު ވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު އަމިއްލައަށް ފުރިހަމަކޮށްފައިވާ އެސެސްމަންޓު ދިރާސާކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  2. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ ޝަރުޢީ ނިންމުންތައް ދިރާސާކުރުމަށް (އޭގެ އޮނިގަނޑުގެ ފެންވަރު، ޤާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށްފައި ހުރިތޯ، އަދި ސާފުކޮށް، ރަނގަޅަށް ބަޔާންކޮށްފައި ހުރިތޯ ބެލުމަށްޓަކައި) ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  3. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ހިންގާ އަޑުއެހުންތައް ސީދާ ކޯޓުރޫމުގައި ބެލުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  4. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ މައްޗަށް މީގެ ކުރިން ހިންގާފައިވާ ތައުދީބީ މައްސަލަތަކުގެ ނިންމުންތަކާއި، މަޤުބޫލު ސަބަބެއްގެ މައްޗަށް ހުޅަހެޅުނު ޝަކުވާތައް ދިރާސާކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  5. ފަނޑިޔާރުން ޝަރީޢަތްކުރުމުގައި ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނުވަތަ ރިއާޔަތްކުރުމަށް ބުނާ ކަންކަމާއި އަދި ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާ ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދާއި، އޭގެ ތެރެއިން ނިންމި މައްސަލަތަކުގެ އަދަދު (ކްލިއަރެންސް ރޭޓު) ބެލުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  6. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަރވިއު ކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  7. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓުގެ އޮފިސަރުން (މިސާލަކަށް: ޤާނޫނީ ވަކީލުން، ފަނޑިޔާރުން، ޝަރުޢީ މަސައްކަތްތައް ނޫން މަސައްކަތް ކުރާ ކޯޓުގެ މުވައްޒަފުން) ކާކުކަން ނޭނގޭ ސާރވޭތައް ނެގުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  8. ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ފަރާތްތަކާ (މިސާލަކަށް: ކޯޓު ޕްރެޒިޑެންޓުން، އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުން، ކޯޓުގެ މުވައްޒަފުން) ސިއްރު އިންޓަރވިއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  9. އަމިއްލައަށް ފެންވަރު ވަޒަންކުރާ ފޯމާއި، ޝަރުޢީ ނިންމުންތައް ދިރާސާކުރި ރިޕޯޓާއި، ތައުދީބީ ތަހުގީގުތައް ދިރާސާކުރި ރިޕޯޓާއި، ކޯޓުރޫމު ބަލައި ދިރާސާކުރި ރިޕޯޓާއި، ތަފާސްހިސާބުތައް ދިރާސާކުރި ރިޕޯޓާއި، ފަނޑިޔާރު ލިޔުމުން އެއްވެސް ކޮމެންޓެއް ހުށަހެޅިނަމަ އެ ކޮމެންޓުތަކާއި، އަމިއްލައަށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ ޕްލޭން އަދި ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުން ހޯދާފައިވާ ގުޅުންހުރި އެހެނިހެން މަޢުލޫމާތުތަކާއި އަދި ލިޔުންތައް ހިމަނައި ފައިނަލް އިވެލުއޭޝަން ރިޕޯޓު ތައްޔާރުކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  10. ރިޕޯޓުގައި ހިމަނާފައިވާ އަމިއްލަ ފަންނީ ތަރައްގީގެ ޕްލޭނާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެ ޕްލޭން އަދި އޭގައި ހުރި ލަފާތައް، ތަމްރީނާގުޅޭ ބޭނުންތަކަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހިއްސާކޮށް އެކަންކަން ކުރިއަށްދާގޮތް މޮނީޓަރކޮށް ރިކޯޑުތައް ބެލެހެއްޓުން.
  11. ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތީން ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކޮށް  އެކަންކަމާ ގުޅޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
  12. ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމައި، ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުން ފޮނުވުމުން، ކޮމިޝަނުން ނިންމާފައިވާ ގޮތުގެމަތީން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅު ތަންފީޒުކޮށް އެ މައުލޫމާތު ޖުޑީޝަލް ކޮމްޕްލެއިންޓްސް ސެކްޝަނަށް ފޮނުވުމާއި، ފަނޑިޔާރުގެ ރެކޯޑް ފައިލަށް ލުމާއި އެކަމާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
  13. ފަނޑިޔާރުންގެ މާލީ ބަޔާންތައް ގާނޫނުގައިވާގޮތަށް ހުށަހަޅާތޯ ބަލައި ކޮމިޝަނުން ނިންމާ ގޮތުގެމަތީން އަމަލުކުރުން.
  14. މަސައްކަތާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާއި އިސްލާޙު ކުރަންޖެހޭ ޤަވާއިދުތައް އިސްލާޙުކުރުމުގައި އެ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުން.
  15. ފަނޑިޔާރުންގެ ރިޓަޔަރމަންޓް އަދި ޕެންޝަނާބެހޭ ކަންތައްތައް ބެލެހެއްޓުމާ އެކަންކަމާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  16. ފަނޑިޔާރުންގެ ވަޒީފާ ކޮމިޓީގެ އެންމެހާ ކަންކަން ކުރުމާއި، ރެކޯޑް ބެލެހެއްޓުމާއި އަދި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  17. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަންގެ އަދި  ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  6. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.

  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

  1. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.   
16 އޮކްޓޫބަރު 2025