ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2025/52
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:07
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އުތުރު އަތަފަރު ބޭނުންކުރުމާއި ބެހޭ

އދ. އުތުރު އަތަފަރު (އަތަފަރު) ކޯޑް ނަންބަރު RF1218 ފަޅައަކީ އދ. ހަންޏާމީދޫގެ ބައެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަލަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، "ޤާނޫނު ނަންބަރު: 7/2010" އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިޔާގެ ޤަރާރު ނަންބަރު: 2025/29 (7 އޮކްޓޫބަރު 2025) އިން ކަނޑައަޅުއްވާފައިވާ ފަޅެކެވެ. އަދި މިފަޅު މިހާރުވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން މި ކައުންސިލާ ޙަވާލުކުރައްވާފައެވެ.

ވީމާ، މިފަޅުގެ ބޭނުންކުރާ ފަރާތްތަކުން ފަޅަށް އެއްވެސް ކަހަލަ ގެއްލުމެއް ނުކުރުމަށާއި އަދި ފަޅުގެ އެއްވެސް ހިސާބަކުން ގަލާއި ވެލި އަދި އަކިރިފަދަ ތަކެތި ނުނެގުމަށް އަންގަމެވެ. 

16 އޮކްޓޫބަރު 2025