ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-HR/266/2025/253
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 20 އޮކްޓޫބަރު 2025 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތަށް ފަނޑިޔާރުން ހޯދުން

އިޢުލާން

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތަށް ފަނޑިޔާރުން ހޯދުން

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލް ގުޅިގެން 2025 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަޒުމޫނު ލިޔުމުގެ މުބާރާތް" ގެ ފަނޑިޔާރުކަން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މުބާރާތް އޮންނަ ތާރީޚް

25 އޮކްޓޯބަރ 2025

ބޭނުންވާ އަދަދު

03 (ތިނެއް)

އެލަވަންސް

މާރކް ކުރާ ކޮންމެ މަޒުމޫނަކަށް -/40 (ސާޅީސް) ރުފިޔާ

އިތުރު އިނާޔަތްތައް

  1. ފުޑް އެލަވަންސްގެ ގޮތުގައި މަސައްކަތުގެ މުއްދަތުގައި ދުވާލަކަށް -/200 ރުފިޔާ ދެވޭނެއެވެ.
  2. މަސައްކަތުގެ މުއްދަތުގައި ކުޅުދުއްފުށީގައި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
  3. ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ކުޅުދުއްފުއްޓަށް އައުމާއި އެނބުރި ރަށަށް ދިޔުމުގެ އާރު.ޓީ.އެލް ފެރީ ޓިކެޓް ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު

  1. ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކަށް 'ދިވެހި' މާއްދާ މިހާރުވެސް ކިޔަވައި ދެއްވާ ފަރާތެއްކަމުގައިވުން
  2. ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. ކުޅުދުއްފުށި ސިޓީގެ އެއްވެސް ސްކޫލެއްގެ މުވައްޒަފަކަށް ނުވުން
  4. މުބާރާތުގައި ބައިވެރިވާ ދަރިވަރެއްގެ ބެލެނިވެރިއަކަށް ނުވުން
  5. ހއ، ހދ، އަދި ށ އަތޮޅުން ކުޅުދުއްފުއްޓަށް އާރު.ޓީ.އެލް. ފެރީގައި ދަތުރުކުރެވޭ ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފަނޑިޔާރުކަމަށް އެދި ހުށައަޅާ ސިޓީ
  2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. އިޢުލާން ކުރެވިފައިވާ ދާއިރާއާގުޅޭގޮތުން ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 

ފަނޑިޔާރުކަމަށް އެދެންވީ ގޮތް

ފަނޑިޔާރިކަމަށް އެދި ހުށައަޅާ ލިޔުންތައް [email protected] އަށް މެއިލްކުރުން

ސުންގަޑި

20 އޮކްޓޯބަރ 2025، 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު

ފަނޑިޔާރުންގެ ގޮތުގައި ހޮވޭނީ ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތިން މާރކްސް ހޯދާ 03 ފަރާތެވެ.

 

އިތުރު މަޢުލޫމާތު، މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާ " ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުން ހަމަޖެއްސުމުގައި ޢަމަލުކުރާނޭ ގޮތުގެ އުސޫލު" އިން ލިބިލައްވާނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެއެވެ.

16 އޮކްޓޫބަރު 2025