ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MQS/MQS/2025/46
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 23 އޮކްޓޫބަރު 2025 13:30
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

  1. މުޙައްމަދު ޤާސިމް ޕްރީސްކޫލް ސެކިއުރިޓީ 01 އަހަރަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 15 އޮކްޓޫބަރު އިން 23 އޮކްޓޫބަރު 2025 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ވުމަށް"  ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯރމް ލިންކް" :https://forms.gle/ki8sETktGmN2qk8t7

  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:00 ގައި މުޙައްމަދު ޤާސިމް ޕްރީސްކޫލް މީޓިންގ ރޫމް ގައެވެ.

  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް

ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.                                       

ފޯން: 3354903 / 3354904 

އީ-މެއިލް: [email protected]

 

 

 

15 އޮކްޓޫބަރު 2025