މަސައްކަތް
ނަންބަރު: (IUL)253-OU-08275/253/2025/102
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 23 އޮކްޓޫބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މާރަންދޫކުޅި ސަރަޙައްދުގައިޕްލެޓްފޯމެއްހެދުމުގެމަސައްކަތްކޮށްދޭނެފަރާތެއްހޯދުމާއިގުޅޭ

 

ހއ. މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއްޖެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.office.com/r/aNUvJH4YRX

ތާރީޚް: 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް

  • މި މަސައްކަތުގައި ރަޖިސްޓްރީކުރާފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށައަޅާ ފޯމް އީމެއިލްގެ ޒަރީއާއިން ފޯރުކޮށްދެވޭނެއެވެ.

ބިޑް ހުށަހެޅުން

ތަން: ހއ. މާރަންދޫ ކައުންސިލްގެ އިދާރާގައި

ތާރީޚް: 26 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުގެ 11:30 ގައި

  • ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

 

 މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ބިޑް ރަޖިސްޓްރީކުރުމަށް ފުރުސަތު ދެވޭނެއެވެ.  

 އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 / 7390029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

   23 ރަބީޢުލްއާޚިރާ 1447

    15 އޮކްޓޫބަރ 2025

15 އޮކްޓޫބަރު 2025