ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2025/87
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 15 އޮކްޓޫބަރު 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނުގައި އިމާރާތްކުރެވޭ އެންމެ އުސްމިން ކަނޑައެޅުމާއިގުޅޭ

          ޤަވާއިދު ނަންބަރ  R-167/2021 " ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ޤަވާއިދު" އަށް ގެނެވުނު  2 ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން ، ބ.ދޮންފަނުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށް ބ.ދޮންފަނު ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މި ނިންމުން ނިންމާ، ނިންމުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢިމާރާތްކުރުމުގެ ޙުއްދަ ކައުންސިލުން ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ނުވަތަ އެފަރާތްތަކުން ކޮށްފައިވާ ކަމެއްގެ މައްޗަށް މި ނިންމުމެއް ނުހިގާނެއެވެ. އަދި މިނިންމުމަށް ޢަމަލުކުރާ ތާރީޙުގެ ކުރިން ޙުއްދަ ނުދެވިވާ ކުރެހުންތަކަށް  މިނިންމުމުގެ ދަށުން ޙުއްދަ ދެވޭނީ މިނިންމުމުގައި  ކަނޑައަޅާފައިވާ ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަށްވުރެ އުސްނުވާނެ ގޮތުގެ މަތިންނެވެ.

           މި ނިންމުމަށް ޢަމަލުކުރަންފަށާނީ، 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެންނެވެ.

            

           ވީމާ މިކަން އާއްމުކޯށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮކްޓޫބަރު 2025