ނީލަން
ނަންބަރު: (IUL)196-C/1/2025/72
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 އޮކްޓޫބަރު 2025 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ކުރި ނަންބަރު (IUL)196-C/1/2025/61 (30 ސެޕްޓެންބަރު 2025) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަލުން އެތަކެތި ނީލަންކިއުމަށް ހުޅުވާލަމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމެޖިފައިވަނީ "ދުވަހު ނީލަމުގެ" ގޮތް ކަމުގައި ދެންނެވީމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3003246 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1447

15 އޮކްޓޫބަރު 2025