ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/158
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 16 އޮކްޓޫބަރު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒު 2025 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

2025 ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކައުންސިލާއި ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން 15 އޮކްޓޯބަރ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކާބޯތަކެތީގެ މައުރަޒު 2025" މޫސުން ގޯސްވުމާއި އަދި ބައިވެރިވެފައިވާ ޓީމްތަކުގެ ޢަދަދު މަދުކަމުން، މި މައުރަޒު 2025 އޮކްޓޯބަރ 20 ވަނަ ދުވަހަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު 2025 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކާބޯތަކެތީގެ މައުރަޒު 2025 ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށް ފަހު 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2025