މަސައްކަތް
ނަންބަރު: (IUL)494-CDS6/494/2025/75
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 23 އޮކްޓޫބަރު 2025 10:00
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
ދިވެހިރާއްޖެ
އދ. ދިއްދޫ ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކު ހޯދުމަށް

 

 އދ. ދިއްދޫ ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކު ހޯދުމަށް ކުރިން ކުރެވުނެ  ނަންބަރު (IUL)494-CDS6/494/2025/72 ( އިޢުލާން ބާތިލް ކުރެވިފައިވާތީ އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެއްކަރުދާސް ކޮށްފައި ހުންނާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 19  އޮކްޓޫބަރު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓް (މާފަތްތަކުރުފާނުމަގު ، ކުރީގެ އެމް.އާރު.ޑީސީ (ކްރިކެޓް އެކުވެނީ ކުރިމަތި، ކ.މާލެ، 20392، ފޯނު ނަންބަރު: 3027434/3027432 ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 އޮކްޓޫބަރު 2025ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހަޅާނީ 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓް  (މާފަތްތަކުރުފާނުމަގު ، ކުރީގެ އެމް.އާރ.ޑީސީ (ކްރިކެޓް އެކުވެނީ ކުރިމަތި، ކ.މާލެ، 20392، ފޯނު ނަންބަރު: 3027434/3027432) އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނޭވޭއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

14 އޮކްޓޫބަރު 2025