މަސައްކަތް
ނަންބަރު: G2C-A/2024/49
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 22 އޮކްޓޫބަރު 2025 13:00
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު، ޢިމާރާތުގެ ބޭރު އަދި އެތެރެ ފާރުތަކުގައި ހުރި ރެނދުތައް ބައްދާ އިމާރާތުގެ ބޭރު އަދި އެތެރެ ފާރާއި ވަށާ ފާރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު، ޢިމާރާތުގެ ބޭރު އަދި އެތެރެ ފާރުތަކުގައި ހުރި ރެނދުތައް ބައްދާ އިމާރާތުގެ ބޭރު އަދި އެތެރެ ފާރާއި ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00އަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮކްޓޯބަރ 2025 ވާ ބުދަދުވަހުގެ 13:00 އަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފޭޅެއް ތަމްސީލްކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ.  އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތްނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާމީހެއްކަން އެނގޭނެފަދަ ލިޔުމަކާއި، ހާޟިރުވާފަރާތުގެ އައިޑީކާޑު ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި، އަދި އަންދާސީހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް، މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަންގައި ފޯރުކޮށްދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2025