ބީލަން
ނަންބަރު: (IUL)226-H/226/2025/28
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 22 އޮކްޓޫބަރު 2025 00:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލްގެ ފަރާތުން ހދ އަތޮޅަށް ހުޅުވާލައިގެން މިއަހަރު ނޮވެންބަރު މަހު ބާއްވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

20 އޮކްޓޯބަރު 2025 – ހޯމަ

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

20 އޮކްޓޯބަރު 2025 – ހޯމަ

11:00

މައޫމާތު ދިނުން

19 އޮކްޓޯބަރު 2025 - އާދީއްތަ

 

ބީލަންތައް ހުޅުވުން

23 އޮކްޓޯބަރު 2025 - ބުދަ

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކޮށްގެން ހދ އަތޮޅުގައި ކުޅިވަރުކުރިއެވުމަށް ހަރަކާތްތެރިވާ ކްލަބް އަދި ޖަމިއްޔާތަކަށެވެ.  ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. މައުލޫމާތު ސާފު ކުރުމާއި ބީލަން ހުޅުވުން އޮންނާނީ ހދ އަތޮޅު ކައުންސިލްގައެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

22 ރަބީއުލްއާޚިރު 1447

‏14‏ އޮކްޓޯބަރ‏ 2025

14 އޮކްޓޫބަރު 2025