ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ( ފަތްމިނި ބިމުގެ ) ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތަކާއި ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައި ވާނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 19 އޮކްޓޫބަރ 2025 ވާ އާދިއްތަ ދުވަހު 13:00 ގެ ނިޔަލަށް ރަޖިސްޓަރ (ނަން ނޯޓް) ކުރުމަށް ފުރުޞަތު ތިރީގައިވާ ލިންކު މެދުވެރިކުރުމަށް ހުޅުވާލަމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތް ތަކަށެވެ.
ރެޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.fillout.com/t/cRGXrxUNSMus
މިބީލަމާއި ގުޅޭ މައުލޫމާތު ޢާންމުކުރެވިފައިވާތީ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް މަސައްކަތް ކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ސައިޓަށް ޒިޔާރަތްކޮށް މަސައްކަތްބެލުމުގެ ފުރުސަތު އޮތްކަމުގައި އާއްމުކޮށް އަންގަމެވެ. ބީލަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް އިން ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2025 އޮކްޓޫބަރ 22 ވާ ބުދަ ދުވަހު 13:00 އަށް ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގެ "މުޝާވިރު މާލަން" އަށެވެ. ބީލަން ކަޑައި ހުޅުވާނީ 2025 އޮކްޓޫބަރ 22 ވާ ބުދަ ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " މުޝާވިރު މާލަން " ގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.