ދިވެހިރާއްޖެ
މާރަންދޫބަނދަރުސަރަހައްދުގައިމަސްކަޑައިމާރާތްކޮށްދޭނެފަރާތެއްހޯދުމާއިގުޅޭ
ހއ.މާރަންދޫ ބަނދަރު ސަރަޙައްދުގައި ހެދުމަށް ބޭނުންވާ މަސްކަޑަ ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ، ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީކުރުން އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.office.com/r/bRjb80mR8V ތާރީޚް: 22 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބިޑް ހުށަހެޅުން ތަން: ހއ. މާރަންދޫ ކައުންސިލްގެ އިދާރާގައި ތާރީޚް: 26 އޮކްޓޫބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
|
މި މަސައްކަތައް އެދި ހުށަހަޅާ ބިޑްތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި ބިޑް ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބިޑް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ބިޑް ރަޖިސްޓްރީކުރުމަށް ފުރުސަތު ދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7390029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
22 ރަބީޢުލްއާޚިރު 1447
14 އޮކްޓޫބަރ 2025