ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2025/56
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 22 އޮކްޓޫބަރު 2025 13:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާފު އެޕްރިސިއޭޝަން އެވޯޑް 2025 އަށް ނަން ހުށައެޅުން

 

އިޢުލާން

ކ. އަތޮޅު އަތޮޅު ކައުންސިލުން، މިއަތޮޅުގެ ތަރައްޤީއަށާއި، އަތޮޅަށް ކުރައްވާފައިވާ ޚިދުމަތްތަކާއި، ޤައުމީ އަދި ބައިނަލްޢަޤްވާމީ އެކިއެކި މުބާރާތްތަކުން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކާއި ވަނަތައް ފާހަގަކުރުމަށާއި، އަދި އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކާއި، ތަޢުލީމީ ފަޚުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ފަރާތްތަކާއި، އަދި އަތޮޅުގެ ލާމަސީލު ރަށު ކައުންސިލްތަކާއި، ސްކޫލްތަށް ފާހަގަކުރުމުގެ ގޮތުން  "ކާފު އެޕްރިސިއޭޝަން އެވޯޑް 2025" ގެ ނަމުގައި އެވޯޑް ދިނުމަށްވަނީ ނިންމާފައެވެ. މިއެވާޑަށް ނަން ހުށައެޅުމުގެ ފުރުޞަތު މިރަށުގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. "ކާފު އެޕްރިސިއޭޝަން އެވޯޑް 2025" އިވެލުއޭޓް ކުރުމަށް ކ. އަތޮޅު އަތޮޅު ކައުންސިލުން ފޮނުވާފައިވާ އިވެލުއޭޝަން ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ. 

ވީމާ، މިއެވާޑަށް ކުރިމަތިލައްވަން ޝައުގުވެރިލައްވާ ފަރާތްތަކުން 2025 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.gle/mtjPbwFhYYTDVbTT9

 

14 އޮކްޓޫބަރު 2025