ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ނެރުއްވާފައިވާ ނަންބަރު 13P/CIR/2025/13 (14 ސެޕްޓެންބަރު 2025) ސަރކިއުލަރގެ 5(ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގެ އަގަށް އަދި މުއްދަތަށް ގެންނަ ބަދަލުތައް ތިރީގައި ހާމަކުރީމެވެ؛
(ހ) ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، މި ޤާނޫނުގެ އިޞްލާޙުތައް، ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ދިޔާނާ އެންޑް ފާޠިމަތު އެލް.އެލް.ޕީ. (P02002021) އާއި ދެމެދު 2025 މެއި 12 ވަނަ ދުވަހު ސޮއި ކުރެވުނު ނަންބަރު AGR)450-CA/PRIV/2025/4) އެއްބަސްވުމުގެ އަގު -/60،625 ރުފިޔާ އިން -/80،025 ރުފިޔާއަށް އިތުރުކުރުން. އަދި މި މަސައްކަތުގެ މުއްދަތު 12 ދުވަހުން 16 ދުވަހަށް އިތުރުކުރުން. މިއީ، މި އެއްބަސްވުމުގެ ދަށުން ތަރުޖަމާ ކުރަންޖެހޭ ލިޔުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އެއްބަސްވުމަށް ގެނެސްފައިވާ ބަދަލުތަކެކެވެ.