|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ހަމަޖައްސާ ސެކްޝަން:
|
އައްޑޫ ސިޓީ
|
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
|
މުސާރަ:
|
-/4,465 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/1,500 ރުފިޔާ
|
|
މަޤާމުގެ ޝަރުތު:
|
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އައްޑޫ ސިޓީގައި ތިބި މި މިނިސްޓްރީގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
- އައްޑޫ ސިޓީގައި ތިބި މި މިނިސްޓްރީގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ސަލާމްގެ ކަންކަން މިނިސްޓްރީން އަންގާ ގޮތެއްގެމަތީން ބެލެހެއްޓުން.
- އައްޑޫ ސިޓީގައި ތިބި މި މިނިސްޓްރީ މުވައްޒަފުން ފުރަންޖެހޭ މުވައްޒަފުންގެ ޕަރސަނަލް ފައިލް މިނިސްޓްރީން އަންގާގޮތެއްގެމަތީން ބެލެހެއްޓުން.
- އައްޑޫ ސިޓިގައި ތިބި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް، ކޮންމެ މަހެއްގެ 16 ގެ ކުރިން، މިނިސްޓްރީން އަންގާގޮތެއްގެމަތީން ފޮނުވުން.
- އައްޑޫ ސިޓީގެ މިސްކިތްތަކަށް އިމާމުންނާއި، މުދިމުންނާއި، މަސައްކަތުމީހުން، މިސްކިތަށް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތް މިނިސްޓްރީން އަންގާގޮތެއްގެމަތީން ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން:
|
މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑީގައި، އައްޑޫ ސިޓީގައެވެ.
|
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑޫގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތަގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަ އަދި އެކައުންޓިން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
|
ސުންގަޑި:
|
2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
|
|
އިންޓަވިއު:
|
- މި މަޤާމުގެ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.
|
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3020232 ނަންބަރު ފޯނަށް ނުވަތަ 3020224 ނަންބަރު ފޯނަށެވެ.
- ފެކްސް ނަންބަރަކީ 3020232، 3020224 އެވެ.
- ވެބްސައިޓް އެޑްރެހަކީ، www.islamicaffairs.gov.mv އެވެ.
- އީމެއިލް ކުރާނީ، [email protected] އަށެވެ.
|
|
14 ޛުލްޙިއްޖާ 1437
|