ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/1/2015/315
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 04 ނޮވެންބަރު 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: 3565.00 ރުފިޔާ

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން:   އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް.

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު / ހއ. މާރަންދޫ

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޔޫތު/ސްޕޯޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޔޫތު ސެންޓަރުގެ އިދާރީ އެންމެހައި ކަންތައްތައް ކުރުން.

- ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވައި، ހިންގައި، އެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތްކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- ކޮންޓްރެކްޓުގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 2015 ނޮވެންބަރު 4 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން.
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށާއި، ހއ. މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުންނާއި، ހއ. މާރަންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
  • ވެބް ސައިޓް އެޑްރެސް: www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347465 ނަންބަރު ފޯނަށް.

9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015