ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/1/2015/314
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 04 ނޮވެންބަރު 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ގްރައުންޑް އެސިސްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ގްރައުންޑް އެސިސްޓަންޓް (ކޮންޓްރެކްޓް)

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް. އެސް. 1

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 3 (ތިނެއް)

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު/ ނ. ހޮޅުދޫ

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުމާއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޔޫތު ސެންޓަރ ހިމެނޭ ސަރަޙައްދުތައް ބެލެހެއްޓުން.

- ޑިއުޓީ ޓޭބަލްގައިވާގޮތަށް ޑިއުޓީކުރުމާއި، ދުވަހުން ދުވަހުން ސުޕަވައިޒަރަށް މައްސަލަތައް އެންގުން.

- ޑިއުޓީގައި ހުންނައިރު ބަލަހައްޓަމުންގެންދާ ސަރަޙައްދަށް ކަމެއް ދިމާވެއްޖެނަމަ، ހަވާލުވެފައިވާ ސުޕަވައިޒަރާ ގުޅައިގެން އެކަމެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.

- ތަނުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން.

- ތަނުގެ ލައިޓްތައް، ކަނޑައެޅިފައިވާ ގަޑިއަށް ދިއްލައި ނިއްވުން.

ނޯޓް:

- ވޮޗަރުގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއާއި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވަހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 2015 ނޮވެންބަރު 4 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން.
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށާއި، ނ. ހޮޅުދޫ ކައުންސިލް އިދާރާ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުންނާއި، ނ. ހޮޅުދޫ ކައުންސިލުން ލިބެން ހުންނާނެއެވެ.
  • ވެބް ސައިޓުގެ އެޑްރެސް: www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 3347465 އަށް.

9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015