ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ގައި ހުރި ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. ނީލަން ކުރިއަށް ގެންދޭވޭނީ ތިރީގައިމިވާ ތާވަލާ އެއްގޮތަށެވެ.
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓު ކުރުން |
14 އޮކްޓޫބަރ 2025 |
ހެނދުނު 09:00 |
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް |
އަގުހުށަހެޅުން |
14 އޮކްޓޫބަރ 2025 |
ހެނދުނު 11:00 |
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް |
ފައިސާ ދެއްކުން |
14 އޮކްޓޫބަރ 2025 |
ހަވީރު 16:00 ގެ ކުރިން |
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް |
އިތުރު މަޢުލޫމާތު:
- ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން 15 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންދަވަންވާނެއެވެ.
- ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑަށް ލިބިގެންވެއެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 6526200 އާއި ގުޅުއްވުން އެދެމެވެ.
13 އޮކްޓޫބަރ 2025