ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/128
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 28 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ވީޑިޢޯ ސްޓޫޑިއޯގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

މި މިނިސްޓްރީގެ ވީޑިޢޯ ސްޓޫޑިއޯގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެ.

ބޭނުންވާ ޢަދަދު: 1

މަސައްކަތުގެ މުއްދަތު: 1 އަހަރު

ފެންވަރު ނުވަތަ ޝަރުޠު:

ހ- މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ. އޯލެވެލް އިމްތިހާނުގެ ދިވެހި އިސްލާމް، ދެމާއްދާއިން ދާށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަދުވެގެން ފަސް މާއްދާއިން ފާސްވެފައިވުން. ނުވަތަ،

ށ- މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ޒިންމާ ނުވަތަ މަސްއޫލިއްޔަތު

ހ- މި މިނިސްޓްރީން ޤާއިމްކުރާ  "އިސްލާކިމް ސްޓޫޑިއޯ" ގައި ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އަދި ޓެކްނިކަލް ލަފާދިނުން.

ށ- މިނިސްޓްރީން ތައްޔާރުކުރުމަށް ބޭނުންވާ ވީޑިއޯ ޕުރޮގުރާމުތަކާއި ފިލްމުތައް ތައްޔާރު ކުރުމަށް ބޭނުންވާ ކޮންސެޕްޓްތައް އެކުލަވާލައި، އެ ކޮންސެޕްޓްތަކަށް ވީޑިއޯ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ޕުރޮގުރާމު ތައްޔާރުކުރުން.

ނ- މިނިސްޓްރީގެ އިވެންޓްތަކުގެ ވީޑިއޯ ނަގައި ތައްޔާރުކުރުން.

ރ- ޕަބްލިޝް ކުރަންބޭނުންވާ ޕަބްލިކޭޝަންތައް ތައްޔާރުކޮށް، ގްރެފިކްސް ހަދައި، ގުޅަންޖެހޭ ފަރާތްތަކާ ގުޅައި ކަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.

ބ- އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންކުރާ އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ޅ-  އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ކ- މަސައްކަތުގެ ސްޓޭޓަސް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

މުސާރަ ނުވަތަ އިނާޔަތް

މަހަކު-/12,000 ރުފިޔާ އަދި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭ ވަގުތު

މަސައްކަތް ކުރަންޖެހޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، އިތުރު ގަޑީގައިވެސް މަސައްކަތް ކުރަންޖެހޭނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވާ ބުދަދުވަހުގެ 14:00 ގެކުރިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީ.ވީ އަދި އައިޑެންޓިޓީ ކާޑުގެ ކޮޕީއާއެކު ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާކިމް އެފެއާޒަށް ހުށަހެޅުއްވުން އެދެމެވެ.

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015