މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/358
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 01 ނޮވެންބަރު 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

2015 ވަނަ އަހަރުގެ ނޭޝަނަލް އެސެސްމަންޓް ޓެސްޓްގެ ޑޭޓާ އެންޓަރ ކުރުމަށް 10 މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ރަސްމީ 6 ގަޑިއިރަށް) -/270 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ އާންމުގޮތެއްގައި ރަސްމީގަޑީގައި ހެނދުނު 8:00 ން މެންދުރުފަހުގެ 14:00 އަށެވެ.

މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓް ދޭނެގޮތް ތިރީގައި މިވަނީއެވެ.

ތަޢުލީމީ ފެންވަރަށް 70 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)

ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 30 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ނޮވެންބަރު 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015