ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-ENF/25/2025/47
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:08
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ތިން ބޭހަކާއި ގުޅިގެން SEARN އިން ކޮށްފައިވާ އެލާރޓާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 ޞިއްޙީ ވުޒާރާ

 މާލެ،  

ދިވެހިރާއްޖެ

(IUL)182-ENF/25/2025/47 :ނަންބަރު 

އިޢުލާން

                                      

އިންޑިއާގެ،ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ DEG(Diethyl Glycol) ހުރެގެން މިބޭސް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް South East Asia Region Network (SEARN) އިން މިއޮތޯރިޓީއަށް ވަނީ  އެލާރޓްކޮށްފައެވެ.

 މިއެލާރޓްގައި ފާހަގަ ކޮށްފައިވާ ތިން ކުންފުންޏަކީ، މިއޮތޯރިޓީ އިން ބޭސް އިމްޕޯރޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫނެވެ. އެހެންކަމުން މި ކުންފުނި ތަކުން އުފައްދާ އެއްވެސް ބޭހެއް،  އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.

  ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

Reason for failure as per State Lab MP Name of the manufacturer Name of the product S.no

DEG found to be 46.28% w/v

M/s.    Sresan Pharmaceutical manufacturer No. 787, Bangalore Highways Sunguvarchatram, (Mathura), Kancheepuram, Dist. 602106 Syrup COLDRIF B.No. :SR-13 Mfg. dt: 05/2025Exp. Dt: 04/2027 1

DEG found to be 1.342%w/v.

M/s. Rednex Pharmaceuticals Pvt Ltd. Survey No. 586 & 231, NR. SKF Bearing Bavla Bagodra N.H. 8A Kerala, Tal, Bavla, Dist. Ahmedabad-383220 Bromhexine Hydrochloride Terbtaline Sulphate, Guaiphensesin & Menthol Syrup (Respifresh TR) B.No. :R01GL2523 Mfg. dt: 01/2025Exp. Dt: 12/2026 2
DEG found to be 0.616% w/v M/s. Shape Pharma Pvt Ltd. Plot No. 4, Surendranagar Rajkot Highway Rd. Shekhpur 363510 Gujarat Ambroxol HCL,Guaiphenesin Terbutaline Sulphate,  & Menthol Syrup Relife, B.No. :LSL25160 Mfg. dt: 01/2025Exp. Dt: 12/2026, 3

 

ރާއްޖެއަށް އެތެރެ ކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ޚާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަ ކުރެވެމުންދާ މިމައްސަލަ ހައްލު ކުރުމުގެ ގޮތުން މިއޮތޯރިޓީއިން އަބަދުވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރު ގާއިމު ކޮށް ތަންފީޒު ކުރަމުންގެންދާ އެންމެ މުޙިއްމު ފިޔަވަޅަކީ، ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ، ކުޑަކުދިންނަށްދޭ  ދިޔާ ބޭސް އެތެރެ ކުރާއިރު، DEG(Diethylene Glycol)  އަދި  EG(Ethylene Glycol) ނުހިމެނޭކަން ކަށަވަރުކޮށްދޭ، ލެބޯރެޓަރީ ތަހުލީލު  ރިޕޯރޓް ލިބި މިކެމިކަލް ބޭހުގައި ނެތްކަން ކަށަވަރު ކުރުމެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.    

 

12 އޮކްޓޫބަރު 2025