ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމާއި ގުޅޭ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 10:00 ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އެހެންކަމުން، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 26 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ ވަރަށް ބޮޑު އެދުމެކެވެ.
20 ރަބީޢުލްއާޚިރު 1447
12 އޮކްޓޫބަރު 2025