ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2025/242
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 06 ނޮވެންބަރު 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދުން ތަކެތި ނެގުމާ ގުޅޭ

އިޢުލާން

އިޖުތިމާޢީ ސަރަހައްދުން ތަކެތި ނެގުމާ ގުޅޭ

        ރަށުގެ ސާފުތާހިރުކަމަށް އިސްކަންދީގެން ކައުންސިލުން މި ގެންދަނީ ގިނަގުނަމަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަށުގައި އުފެދޭ ކުނިބުނި އެކަށީގެންވާ ގޮތެއްގައި ނައްތައިލުމަށް މަސައްކަތްކުރުމާ، ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށްހެދުމަކީ ކައުންސިލުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރާ ކަންކަމެވެ.

        މިކަންކަމަށް އިތުރު ކުރިއެރުމެއް ލިބޭނީ، ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކާއި ގޯޅިތަކުގައި ކައުންސިލުގެ ހުއްދަ ނެތި އަދި އެއްވެސް ތަރުތީބެއް ނެތި އާންމު ރައްޔިތުން ބަހައްޓައިފައި ހުރި ތަކެތި ނަގައި އެތަންތަން ސާފުކުރެވިގެން ކަމަށް ގަބޫލުކުރެވޭތީ، އެކަމަށްޓަކައި ޤަވާޢިދެއް (ޤަވާޢިދު ނަންބަރު: 2024/R-66) އެކުލަވައިލާ، ވާނީ ގެޒެޓުކޮށްފައެވެ. މިހާރު ކައުންސިލުން މި ގެންދަނީ އެ ޤަވާޢިދު ތަންފީޒު ކުރުމުގެ މަސައްކަތްކުރަމުންނެވެ.

        ތުޅާދޫ ކައުންސިލުން އާންމުކޮށްފައިވާ، "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާ ގުޅޭ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ހ) ގައި، އިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކާއި ގޯޅިތަކުގައި ބަހައްޓައިފައިވާ ތަކެއްޗަކީ ދޫކޮށް   ލެވިފައިވާ ތަކެތި ކަމަށް ކަނޑައެޅުމަށްޓަކައި އެ ފަދަ ތަންތަނާއި އެއްޗެހި އެނގޭނެހެން އިޢުލާނުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ، އެ ބޭނުމަށް، އެފަދަ ތަންތަނާއި ތަކެތި އެނގޭނެހެން ފޮޓޯއާއެކު މި އިޢުލާނުގެ ބައެއްގެ ގޮތުގައި (ޖަދުވަލު 1 ގައި) ހިމަނާ އިޢުލާނުކުރަމެވެ.

        ފޮޓޯ ނެގުމުގެ މަސައްކަތަކީ މުއްދަތެއް ހޭދަވި ކަމަކަށް ވާތީ އެ މުއްދަތުގެ ފަހުން ވެސް އެތަންތާނގައި ބައެއް ފަރާތްތަކުން ކައުންސިލުގެ ހުއްދަ ނެތި ތަކެތި ބަހައްޓަމުން އަންނަކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެފަދައިން، ފޮޓޯ ނެގުމުގެ މުއްދަތުގައްޔާއި އޭގެ ފަހުން ވެސް، ރަށުގެ އާންމު އިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކާއި ގޯޅިތަކުން ވަރަށް ގިނަ ބަޔަކު ތަކެތި ނަގައިފައި ހުރިކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައިއެވެ. ވީމާ، މިހާރު އެފަދަ ތަންތާނގައި ހުރި ބައެއް ތަންތަނާއި ތަކެތީގެ ފޮޓޯ ހިމެނިފައި ނުވުމާއި، ފޮޓޯގައި ހިމެނިފައިވާ ބައެއް ތަކެތި އެ ފަދަ ތަންތާނގައި މިހާރު ނެތުން ފަދަ ކަންކަން ކުރިމަތިވެދާނެ ކަމަށްޓަކައި ދަންނަވަމެވެ.

        ރަށުގެ އާންމު މަގުތަކާއި ގޯޅިތަކުގައްޔާއި އާންމު އިޖުތިމާއީ އެއްވެސް ސަރަހައްދެއްގައި، ކައުންސިލުގެ ހުއްދަ ނެތި އެއްވެސް އެއްޗެއް ބަހައްޓައިފައި ހުރި ނަމަ 2025 ނޮވެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ، އެ ތަންތަނާ ނުވަތަ އެއްޗަކާ ހަވާލުވެދެއްވުން އެދެމެވެ. އަދި އެ ތަންތަނާ ނުވަތަ ތަކެއްޗާ ހަވާލުވުމަށް ފަހު، ހަވާލުވާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެތަންތަން ނުވަތަ ތަކެތި ވެރިފަރާތުގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ނަމަ އެއީ ދޫކޮށްލައިފައި ހުރި ތަންތަން ނުވަތަ ތަކެތި ކަމުގައި ކަނޑައެޅޭނެއެވެ. މިގޮތަށް ކަނޑައެޅޭ ތަކެތި، މި އިއުލާނުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުނަގައި ހުރި ނަމަ، ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނާނަމެވެ.  

        މިގޮތަށް، ބޭނުމެއް ނެތި ދޫކޮށްލައިފައިވާ ތަކެތި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެތެރޭގައި އެފަދަ ތަންތަނަށް ނުވަތަ ތަކެއްޗަށް ވާ ގެއްލުމަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ. އަދި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަ އެއްޗެއް އަނބުރާ ދެވޭނީ، އެ އެއްޗެއް ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދިނުމުންނެވެ.

        https://bit.ly/4ohUJ5v

12 އޮކްޓޫބަރު 2025