ދިވެހިރާއްޖެ
ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ސެން ކްލާސްރޫމް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ބީލަން ހުށައެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބިޑުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 09:00ގެ ކުރިން [email protected] ފޮނުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާޒީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުން |
ކިނޮޅަހު ސްކޫލް |
15 އޮކްޓޯބަރ 2025 |
ބުދަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ކިނޮޅަހު ސްކޫލް |
23 އޮކްޓޯބަރ 2025 |
ބުރާސްފަތި |
13:00 |