މުބާރާތް
ނަންބަރު: (IUL)286-MP/286/2025/108
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 13 އޮކްޓޫބަރު 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
14 އަހަރާއި 18 އަހަރުން ދަށުގެ އުމުރުފުރާއަށް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

               ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 18 އޮކްޓޯބަރ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 އަހަރާއި 18 އަހަރުން ދަށުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނ. ކެނދިކުޅުދޫގެ ޓީމްތަކަށް ހުޅުވާލަމެވެ. މި މުބާރާތް ރާވާ ހިންގުމަށް ހަމަޖެހިފައިވަނީ "ކޮމެޓްސް ސްޕޯޓްސް ކްލަބް" އިން ކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

އެހެންކަމުން، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ.

ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/DC5CZ1iKSE

ފޯމް ހުށަހެޅުމުގެ ސުންގަޑި: 13 އޮކްޓޯބަރ 2025، 13:00

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                                                                               17    ރަބީޢުލްއާޚިރު 1447

09 އޮކްޓޫބަރު 2025