ދިވެހިރާއްޖެ
އިޢުލާން
ފޮތެއް ޗާޕުކުރުމަށް ބޭނުންވެއްޖެ
ސްކޫލް ކުދިންނަށް ބޭނުންވާ ތިރީގައި މިދަންނަވާ ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެއެވެ.
- UNDERSTANDING FISHERIES SCIENEC BOOK 1
ވީމާ، މި ފޮތް ޗާޕުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 29 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 09:00 އަށް | 01 ނޮވެންބަރު 2015 (އާދީއްތަ) ދުވަހުގެ09:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
09 މުޙައްރަމް 1437