|
މަޤާމުގެ ޝަރުޠު:
|
- ވަޒީފާގެ މަސްއޫލިއްޔަތުތައް، އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
- އެމް. އެން. ކިޔޫ. އެފްގެ ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލޮޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
2. އެމް. އެން. ކިޔޫ. އެފްގެ (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީ ކައުންސިލާއި، ކައުންސިލުން އުފައްދާ އިސް ކޮމިޓީތަކުގެ ކޯޕަރޭޓް ސެކްރެޓެރޭއިޓްގެގޮތުގައި ހަރަކާތްތެރިވުމާއި، މި ކޮމިޓީތަކުގެ ލިޔެކިޔުން ބެލެހެއްޓުމާއި، ކޮމިޓީތަކުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކުގެ މަސައްކަތް ވިލަރެސްކޮށް، އެ މަސައްކަތްތައް ފަހިކޮށްދީ، މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
- ޔުނިވަރސިޓީ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކާއި ޔުނިވަރސިޓީ ހިންގުމާބެހޭ ފަރާތްތަކާދެމެދު ޕްރޮފެޝަނަލް ގުޅުންތައް ޕްރޮމޯޓްކުރުން.
- ޗާންސެލަރުގެ އޮފީހުގެ ޕްރޮޓޮކޯލާއި އިދާރީ ކަންކަން ބެލެހެއްޓުމާއި، ޗާންސެލަރގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، އެކިއެކި ފަރާތްތަކާއެކު ބާއްވާ ރަސްމީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މިފަދަ ބައްދަލުވުންތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ގެޒެޓް ތައްޔާރުކޮށް ޝާއިޢުކުރުން.
- ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީން ދަޢުވާކުރާ އަދި ޔުނިވަރސިޓީއަށް ދަޢުވާލިބޭ މައްސަލަތަކާއި، އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި، މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ޤާނޫނީގޮތުން ޔުނިވަރސިޓީން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ޤަވާޢިދުތައް މެދުވެރިކޮށް ޔުނިވަރސިޓީގެ މަޢުލޫމާތު ހޯދާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް ޔުނިވަރސިޓީން ހަވާލުކުރާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
|
|
13 މުޙައްރަމް 1437
|