ދިވެހިރާއްޖެ
އިޢުލާން
ސްކޭން ކުރުމާއި ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ
3 ފޮތެއް ސްކޭން ކުރުމާއި ޕްރިންޓް ކުރުމަށް ކުރެވުނު ނަންބަރު: (IUL)22-PU/1/2015/325 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 28 ސެޕްޓެންބަރު 2015 (ބުދަ) ދުވަހުގެ 10:00 އަށް | 02 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ10:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
09 މުޙައްރަމް 1437