|
މަޤާމުގެ ޝަރުޠު:
|
1. ކުރާ މަސައްކަތާބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓްފިކެޓަށްފަހު، ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
2. ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލައިބްރަރީއަށް ލިބޭ ފޮތާއި، ނޫސް މަޖައްލާއާއި، އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭތަކެތި ލިބުމުން. ހަމަޖެހިފައި އޮންނަ ނިޒާމެއްގެދަށުން އެ ތަކެތި ޕްރޮސެސްކޮށް ބެލެހެއްޓުން.
- ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑީގައި ލައިބްރަރީގެ ބޭނުންކުރާ ފަރާތްތަކަށް ލައިބްރަރީގެ ކަންތައްތައް އޮޅުންފިލުވައިދީ ހަފްތާއަކު އެއްފަހަރު ލައިބްރަރީގައި މަރާމާތުކުރަންޖެހޭ ކަމެއް/ތަނެއްވާނަމަ، އެކަން އެންގުން.
- ކޮންމެ ދުވަހަކުވެސް ލައިބްރަރީ ބަންދުކުރުމުގެ 15 މިނެޓް ކުރިން އެދުވަހެއްގައި ބޭނުންކުރަން ނެގުނު ފޮތްތަކާއި މަޖައްލާފަދަ ތަކެތި ސޯޓިންގ ޓްރޮލީތަކަށްލުން.
- ފޮތްތަކާއި މަޖައްލާފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ރިޒާވްކުރުމާއި، ދޫކުރުމާއި، އަނބުރާ ބަލައިގަތުމާއި، ލައިބްރަރީގެ އޮންލައިން ކެޓަލޮގް ބޭނުންކޮށްގެން ފޮތްފަދަތަކެތި ހޯދަން ދަސްކޮށްދިނުމުގައި އެހީތެރިވެދިނުން.
- ކޮންމެ ހަފުތާއެއް ނިމޭއިރު އެ ހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ޢަމަލުކުރުން.
- ހުރިހާ ވަގުތެއްގައިވެސް ލައިބްރަރީގައި އަޑުމަޑުނުވާނަމަ އޮންނަ އުޞޫލެއްގެމަތިން ފިޔަވަޅުއެޅުން.
- ޑިއުޓީ ޓޭބަލް ހަމަޖެހިފައިވާގޮތެއްގެމަތިން ލައިބްރަރީގައި މަސައްކަތްކުރުން.
- ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން. އަދި އޮރިއެންޓޭޝަން ހަފުތާގައި ލައިބްރަރީ ބޭނުންކުރަން އަލަށް އަންނަ ފަރާތްތަކަށް ލައިބްރަރީން ދެވޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުން.
- އެ މުވައްޒަފަކު މަސައްކަތްކުރާ ލައިބްރަރީ ނޫން އެހެން ލައިބްރަރީތަކުގައި ހަމަޖެހިފައިވާ އުޞޫލަކުން މަސައްކަތްކުރުން.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެވާފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- މި މަޤާމަށް ހޯވޭ ކެންޑިޑޭޓެއް ވަޒީފާ އަދާކުރަން ޖެހޭނީ 13:00 އިން 20:00 އަށެވެ.
|
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
|
|
13 މުޙައްރަމް 1437
|