މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/340
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 28 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެކްސްޓް ފޮތްތައް ނައްތާލުމާގުޅޭ

އަލަށް އެކުލަވާލެވުނު ޤައުމީ މަންހަޖު ތަންފީޒު ކުރަން ފެށުމާ ގުޅިގެން ކުރިން ސްކޫލްތަކުގައި ބޭނުންކުރަމުން އައިސްފައިވާ ޓެކްސްޓް ފޮތްތައް ނައްތާލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފޮތްތައް ނައްތާލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރޮޕޯޒަލް ހުށަހެޅުމަށް

28 އޮކްޓޫބަރު 2015 (ބުދަ) ދުވަހުގެ 14:00 އަށް

02 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނާއެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015