ދިވެހިރާއްޖެ
ހއ.ކެލާގައި އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމުގެ އުޞޫލު
1. ތަޢާރުފާއި ނަން |
(ހ) |
މިއީ ހއ.ކެލާގައި އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމުގެ އުޞޫލެވެ.
|
||||||||||||||||||
2. މަޤުސަދު |
(ށ)
(ހ)
|
މިއުސޫލަކީ ހއ.ކެލާގައި، އެހެން ޒޯންތަކުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދުތައް ވަގުތީ ގޮތުން ދުއްވުމަށް ހުއްދަ ދިނުމާއި، އެފަދަ އުޅަނދުތަކުގެ ބޭނުންކުރުން ހަރުދަނާ އުޞޫލެއްގެ ތެރެއިން ހިންގުމަށްޓަކައި ހއ.ކެލާ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ.
މި އުޞޫލުގެ މަގުޞަދަކީ، ހއ.ކެލާގެ މަގުތަކުގައި ދުއްވާ އެހެން ޒޯންތަކުގެ އުޅަނދުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ރަށުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ރަށުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެއްގަމު އުޅަނދު ދުއްވުމުގެ ކަންކަން ހަރުދަނާކުރުމާއި، ޤަވާއިދާ ޙިލާފަށް އެހެން ޒޯންތަކުގެ އުޅަނދުތައް ރަށުގައި ދުއްވުން ހުއްޓުވުމާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރަށު ރައްޔިތުންނަށް ރަށޫގެ މަގުތަކުގެ ސަލާމަތާއި ރައްވާތެރިކަން ކަށަވަރުކޮށްދިނުމެވެ. |
||||||||||||||||||
3. އުޞޫލަށް ޢަމަލު ކުރަންފެށުން |
(ހ)
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެންނެވެ.
|
||||||||||||||||||
ޙިދުމަތަށް އެދޭނެ ގޮތާއި4. ޙިދުމަތް ކުރިއަށްދާނެ ގޮތް |
(ހ)
|
މި އުޞޫލުގެ ދަށުން ވަގުތީ ހުއްދައަށް އެދި ހުށަހަޅާނީ، މި އުޞޫލުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށފައިވާ ހުރިހާ ލިޔެކިޔުންތަކާއި ފުރިހަމަކޮށްފައިވާ ފޯމާއެކު ރަސްމީ ގަޑީގައި ހއ.ކެލާ ކައުންސިލްގެ އިދާރާއަށެވެ. ފޯމު ހއ.ކެލާ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
|
||||||||||||||||||
|
(ށ)
|
ހުއްދައަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެ، ފީ ދައްކާފައިވާނަމަ، ގިންވެގެން 3 (ތިނެއް) މަސައްކަތު ދުވަހުގެ ތެރޭގައި ވަގުތީ ހުއްދަ ދޫކުރެވޭނެއެވެ. |
||||||||||||||||||
5. ވަގުތީ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ތަކެތި |
(ހ)
|
ވަގުތީ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެއެވެ:
|
||||||||||||||||||
|
(ށ) |
ވަގުތީ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ހިދުމަތަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުން. |
||||||||||||||||||
6. ވަގުތީ ހުއްދަ ދޫކުރާ މުއްދަތު
|
(ހ) މި އުޞޫލުގެ ދަށުން އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ވަގުތީ ހުއްދައިގެ މުއްދަރަކީ ގިނަވެގެން 60 ދުވަސް ދުވަހެވެ.
|
|||||||||||||||||||
7. ވަގުތީ ހުއްދާގެ މުއްދަތު އިތުރު ކުރުން
|
(ހ) |
ވަގުތީ ހުއްދައިގެ މުއްދަތު އިތުރު ކުރަން ބޭނުންފުޅުވާނަމަ، ހުއްދަ ހޯދުމަށް ފުރަތަމަ ހުށަހެޅި ފޯމާ އެއްގޮތަށް އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އަދި މި އުޞޫލުގައި ކަނޑައަޅާފައިވާ ފީ، އާ މުއްދަތަށް އަލުން ދައްކަންޖެހޭނެއެވެ.
|
||||||||||||||||||
8. ފީނަގާނެ ގޮތް |
(ހ) |
ވަގުތީ ހުއްދައަށް އެދި ހުށަހަޅާ އުޅަނދުތަކަށް ފީ ނަގާނެ އުޅަނދުގެ ސީސީއަށް ބަލައި ތިރީގައިވާ ގޮތަށެވެ.
|
||||||||||||||||||
|
(ށ) |
ޙިދުމަތުގެ އަގުގެ ގޮތުގައި މި ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިކައުންސިލްގެ ނަންބަރ: 7714700528001 އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު މިކައުންސިލްގެ ނަންބަރ: 9650027އ އަށް ވައިބަރ ކުރަންވާނެއެވެ.( ފައިސާ ޓްރާންސްފަރ ކުރަންވާނީ، ޙިދުމަތަށް އެދޭފަރާތުގެ ނަމާއި، އައިޑީކާޑު ނަންބަރު އަދި އެއީ ކޮން ޙިދުމަތަކަށް އެދި ޓްރާންސްފަރ ކުރާ ފައިސާއެއްކަން އެނގޭނެހެން ކޮމެންޓްގައި ލިޔުއްވުމަށް ފަހުގައެވެ.) މިސާލު: (Ahmed Ali ,A000000,Zone fee) |
||||||||||||||||||
|
(ނ)
(ރ)
|
ހުށައަޅާ އެޕްލިކޭޝަނަށް އެދިފައިވާ ޙިދުމަތް ލިބިގެންދާނި ޙިދުމަތުގެ ގޮތުގައި ހއ.ކެލާ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކެވުމަށްފަހު، މިއިދާރާގެ ނަންބަރ 9650027 އަށް ވައިބަރ ކުރެއްވުމުންނެވެ.
ވަގުތީ ހުއްދައަށް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ބެހޭ ތަފްޞީލް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
|
||||||||||||||||||
9. ޙިދުމަތަށް އެދި ހުށަހަޅާ ފޯމު
|
(ހ) |
މި އުޞޫލުގެ ދަށުން އެކުލަވާލައިފާ ހއ.ކެލާގައި އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމަށް އެދޭ ފޯމަކީ މި އުޞޫލުގެ ބައެކެވެ. އަދި ފޯމު މި އުޞޫލާއެކު އާންމުކޮށްފައިވާނެއެވެ.
|
||||||||||||||||||
މި އުސޫލަށް އަމަލުކުރަން ފަށާނީ މިއުޞޫލު ސަރުކާރުގެ ގެޒެޓްގައި އާންމު ކުރުމުންނެވެ. އޭގެ ފަހުން ހިދުމަތަށް ހުށަހަޅާފައިވާ ފޯމުތަކަށް މި އުޞޫލާ އެއްގޮތަށް އަމަލުކުރަމުން ގެންދާނެއެވެ. |