ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2025/52
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:25
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ މަސްކެނޑުމާއިބެހޭ

މިރަށު ބަނދަރުގެ ޖެޓީތައް ހިމެނޭ ސަރަހައްދުގައި މިހާރަކަށް އައިސް އާނމުކޮށް މަސްކަނޑަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ބަނދަރުގެ ޖެޓީތައްކައިރި ހަޑިވެ ނުބައިވަސްދުވުމަށް މެދުވެރިވެއެވެ. ބަނދަރާއި ޖެޓީތައް ބޭނުންކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން އެކި ދަތިތައް ދަނީ ފޯރަމުންނެވެ. އަދި ރަށަށް ލަފާފުރާ ރަށުންބޭރުގެ ފަރާތްތަކާއި ފަތުރުވެރިންނަށް މިކަމުގެ ސަބަބުން ރަށާމެދު ގޯސް ތަސައްވުރެއް އުފެދުމަކީ އެކަށީގެންވާކަމެކެވެ.   

މިރަށު ބަނދަރުގެ ފިޝްލޭންޑިން ސަރަހައްދު ފިޔަވާ ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސްކެނޑުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި ފިޝްލޭންޑިން ސަރަހައްދުގައި މަސްކަނޑުއްވާ ފަރާތްތަކުން މަސްކެނޑުމަށްފަހު، މަސްކަނޑާސަރަހައްދު ރަނގަޅަށްދޮވެ ސާފުކުރުމަށް ދަންނަވަމެވެ.

          ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

09 އޮކްޓޫބަރު 2025